ހުސްވެފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމާއި ކައުންސިލްގެ ހުސްވެފައިވާ ދެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.
އެމްޑީޕީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދު ހެންވޭރު ދާއިރާ، އަދި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް މެންބަރުކަމަށް އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި، އެޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
ޝައުގުވެރިކަން ފާޅުކުރާ ފޯމް ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހަވީރު 16:00ގެ ކުރިން ހުށަހެޅުމަށް އެމްޑީޕީން ކޮށްފައިވާ އިއުލާނުގައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ, މާލެ ސިޓީ ކައުންސިލްގެ އިތުރުން ބައެއް އެހެން ކައުންސިލްތަކުގެ ހުސް ވެފައިވާ މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން 13 ޖެނުއަރީ އަށް ތާވަލު ކޮށްފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލް މޭޔަރު އިންތިހާބުގެ އިތުރުން، ރަކީދޫ ކައުންސިލަށް ހުސްވެފައިވާ މެންބަރުކަމުގެ މަގާމާއި 18 ރަށެއްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު އެދުވަހު އޮންނާނެ ކަމަށްވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ