އައިޖީއެމްޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލުމުން ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ލަމްހާ ބަންދުން ދޫކޮށްލީ ޝަރުތުތަކާ އެކު، ތިން މަސް ދުވަހަަށެވެ. ލަމްހާ ބަންދުން ދޫކޮށްލީ ރޭގަނޑު 10 އިން ހެނދުނު 6 އާ ދެމެދު ގެއިން ބޭރުގައި އުޅުން މަނާކޮށް އަދި މާލެއިން ބޭރަށްދާ ނަމަ ކޯޓު ހުއްދަ ހޯދަން ޝަރުތުކޮށްފަ އެވެ.
ލަމްހާ ދޫކޮށްލި މައްސަލަ ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ގޮތެއް ނުނިންމަ އެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި މޭރީ މަރާލުމުގައި މޭރީގެ ފިރިމީހާ މާވިން އަށް ލަމްހާ އެހީތެރިވެފައިވެ އެވެ. އަދި މޭރީ މަރާލި ވަގުތު ލަމްހާ އެ ގެޔަށް ދިޔަ ކަމަށާއި މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދައްކަން ސީންއެއް ހެދި ކަމަށް ވެސް ތުހުމަތުކުރެ އެވެ. މޭރީގެ މަރަށް ފަހު ހެދި ޓެސްޓުތަކުން، ބާރުގަދަ އިންޖެކްޝަންތަކެއްގެ އަސަރު ލެއިން ފެނިފައި ވާއިރު އޭގެ އިންޖެކްޝަންތަކެއް ލަމްހާގެ ގެއިން ފެނުނު ކަމަށް ވެސް ބުނެފައިވެ އެވެ. މި ތުހުމަތުތަކާ ގުޅޭ ތިން ދައުވާއެއް ލަމްހާއަށް ކުރެ އެވެ.
މާވިން އަށް މި މައްސަލާގައ މާވިން ވެސް ބަންދުން ދޫކޮށްދޭން އެދުނެވެ. އެކަމަކު ކޯޓުން ނިންމީ ބަންދު ދެމެހެއްޓުމަށެވެ
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ޕީޖީގެ ވަކީލަކަށް ބުނެވުނީތަ “އޭ ލަމްހާ ކަލޭ ބައިންދާނީ ބަންދުގައޭ” އިގޯއުޅޭހެން އެބަހީވޭ މިކަމުގަ. މިއީ ޕޮރޮސެކިއުޝަން ލެޑް އިންވިސެސްޓިގޭޞަންއެއްހެން ހީވަނީ. އެހެން ނޫނަސް ފުލުހުން މިހާރު ކުރަނީ ޕީޖީ އޮފީހަށް އަލަށް ޑިގްރީ ހަދައިގެން ވަންނަ ކުޑަ ކުއްޖެެއް ދޭ އިރުޝާދެއްގެ މައްޗަށް ބިނާކޮށް ތަޙްގީގު، ފުލުހުންގެ ތަޙްޤީގް ކުރާމީހުންނަކީ ޕީޖީ ވަކީލުންގެ ލިޔާ ކާތިބުން. ފުލުހުން އަމިއްލަ ސިކުނޑިން މިހާރު ނުވިސްނާ އެމީހުން 4 ޖެހީމަ އަރަނީ ޓެކްސީ ކުރަން. ސިސްޓަމް ޓޯޓަލް ފެއިލްޑް!
އަލިބެ