ޕީޕީއެމްގެ ރައީސްކަމުގައި ހުންނެވުމަށްފަހު ޕާޓީގެ ލީޑާޝިޕާއި ޖެހުނު މައްސަލައަކާއި ގުޅިގެން އެޕާޓީން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަން ދީފައިވާ އެޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއެކު މިއަދު އެ ހުއްދަ ވަނީ ދީފައެވެ. އެ ހުއްދަ އިލެކްޝަނުގެ ފަރާތުން ހަވާލުކުރެއްވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ. ޕީއެންއެފްގެ ފަރާތުން ހުއްދައާ ހަވާލުވެވަޑައިގަތީ ކުރީގެ ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.
މި ހުއްދައާއެކު މިއަދުން ފެށިގެން 3،000 މެންބަރުން ހަމަ ކުރުމަށް އެޕާޓީ އަށް ތިންމަސް ދުވަސް ވަނީ ދީފައެވެ. އަދި ޕީއެންއެފްގެ އަމާޒަކީ 10،000 މެންބަރުންގެ ސޮއި ހަމަ ކުރުމެވެ. އެޕާޓީން ބުނީ ރަސްމީކޮށް މެންބަރުން ޕާޓީއަށް ސޮއި ކުރުމުގެ މަސައްކަތް މިއަދު ފެށުނީ ކަމަށެވެ.
ތަފްސީލް އަންނަނީ....
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ