ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މައްޗަށް ކޮށްފައިވާ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ.
ތިލަމާލެ ބްރިޖް ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެފްކޮންސްގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމީ މިދިޔަ އަހަރު އެވެ.
އެ ނިންމުން ކުރީގެ ސަރުކާރުގެ އެންވަޔަރްމަންޓް މިނިސްޓަރު ވެސް އޮތީ ދަމަހައްޓަވައިފަ އެވެ. އެ ފައިސާ 15 ދުވަސް ތެރޭގައި ދައުލަތަށް ދައްކަން މިމަހުގެ 15 ވަނަ ދުވަހު ސަރުކާރުން އަންގާފައިވާތީ އެ މައްސަލާގައި އެފްކޮންސްގެ ފަރާތުން ސިވިލް ކޯޓުގައި އެދުނީ އެ ކުންފުނީގެ ފަރާތުން ދައުވާ ކުރެވެންދެން ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
ނަމަވެސް ސިވިލް ކޯޓުން ނިންމި ނިންމުމުގައިވަނީ އެކަމަކީ ވަގުތުން ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއްކަން ބުނެދެވިފައިނުވާ ކަމަށެވެ. އަދި ޖޫރިމަނާ ނުދެއްކިއްޖެ ނަމަ އެއްބަސްވުން ބާތިލްކޮށް، އެ ކުންފުނީގެ މާލީ ހާލަތަށް އަސަރު ކުރާނެ ކަމަށް ބުންޏަސް އެކަން ދިމާވާނެ ގޮތެއް ބުނެދެވިފައިނުވާ ކަމަށް އެ ނިންމުމުގަިއވެ އެވެ.
އެހެންކަމުން، ޖޫރިމަނާ ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ