ކުރީގެ ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ހައްޔަރުކުރި މައްސަލާގައި އަލީ ވަހީދުގެ ކިބައިން މާފަށް އެދި, ބަދަލުގެ ގޮތުގެ 20،000 ޕައުންޑް އޭނާއަށް ދޭން އެ ގައުމުން ނިންމާފައިވާ ކަމަށް އަލީ ވަހީދުގެ ވަކީލުން މިއަދު ބުނެފި އެވެ.
އިނގިރޭސި ވިލާތަށް ވަޑައިގެން ހުންނަވަނިކޮށް 2021 ވަނަ އަހަރު އެ ގައުމުން އަލީ ވަހީދު ހައްޔަރުކުރީ އެ ގައުމުގެ އިމިގްރޭޝަންގެ ގާނޫނާ ހިލާފުވި ކަމަށް ބުނެ އެވެ. ނަމަވެސް ފަހުން އޭނާ ދޫކޮށްލި އެވެ. އޭރު އޭނާގެ މައްޗަށް ރޭޕްގެ ގިނަ ދައުވާަތަކެއް ރާއްޖޭގައި އުފުލާފައި އޮތެވެ.
އަލީ ވަހީދުގެ ރާއްޖޭގައި ވަކީލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އިނގިރޭސިވިލާތުގައި އޭރު އަލީ ވަހީދު ހައްޔަރުކުރި ކުރުމަކީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އެކަމަށްޓަކައި އަލީ ވަހީދުގެ ކިބައިން މާފަށް އެދުމުގެ އިތުރުން އޭނާއަށް 20،000 ޕައުންޑްގެ ބަދަލެއް ދޭން އިނގިރޭސި ވިލާތުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އަލީ ވަހީދު އިނގިރޭސި ވިލާތަށް ވަޑައިގަތީ ބޭސްފަރުވާއަކަށެވެ. ނަމަވެސް އޭނާ އަށް ރާއްޖޭގެ ކޯޓުން ދިން މުއްދަތު ހަމަވިއިރު ވެސް އޭނާ ވަޑައިނުގަތުމުން އޭނާގެ ޝަރީއަތް ކުރިއަށް ނުގެންދެވި އޮއްވާ ފަހުން ދައުލަތުން ވަނީ އެ ދައުވާތައް އަނބުރާ ގެންގޮސްފަ އެވެ. ދައުވާތައް އަނބުރާ ގެންދިއުމުން އަލީ ވަހީދު މިއަހަރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ