ކުރީގެ ރައީސް ޔާމީނަކީ ރާއްޖޭގެ ސިޔާސީ "ބައްޕަ" ގެ ގޮތުގައި އެމަނިކުފާނު އަލަށް އުފައްދަވާ ސިޔާސީ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިފަކޮށްފިއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަން ދީފައިވާ އެޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއެކު މިއަދު އެ ހުއްދަ ވަނީ ދީފައެވެ. އެ ހުއްދަ އިލެކްޝަނުގެ ފަރާތުން ހަވާލުކުރެއްވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ. ޕީއެންއެފްގެ ފަރާތުން ހުއްދައާ ހަވާލުވެވަޑައިގަތީ ކުރީގެ ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.
އިލެކްޝަންސް އިން ހުއްދަ ދިނުމުން އެ ކޮމިޝަން ހިންގާ ޕޯޓްސް ބިލްޑިންގ އިމާރާތުގެ ތިރީގައި ހުންނަވާ ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލަޖީ މިނިސްޓަރި މުހައްމަދު މަލީހް ޖަމާލް ވަނީ ރައީސް ޔާމީނަކީ ރާއްޖޭގެ ތަރައްގީގެ ބާނީ ކަމަށާއި އެމަނިކުފާނަކީ ރާއްޖޭގެ "ސިޔާސީ ބައްޕަ" ކަމަށް ވިދާޅުވެފައެވެ.
"ދިވެހި ދައުލަތަށް ހަރު އަޑުން ގޮވާލަން އަޅުގަނޑުމެންގެ ސިޔާސީ ބައްޕަ ދިވެހިރާއްޖޭގެ ތަރައްގީގެ ބާނީ ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ ގިނަ ބަޔަކު އެބޭފުޅަކަށްޓަކައި ލޯބިވާ އެބޭފުޅަކަށް އިހުތިރާމް ކުރާ އެބޭފުޅަކީ ސިޔާސީ ބައްޕަގެ ގޮތުގައި ދެކޭ ރައީސް ޔާމީން އެއްވެސް ބަހަނާއެއް ނެތި ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ދިވެހި ދައުލަތަށް ހަރުއަޑުން އަޅުގަނޑުމެން ގޮވާލަން،" ރައީސް ޔާމީންގެ ސަރުކާރުގެ ޔޫތު މިނިސްޓަރުކަން ވެސް ކުރެއްވި އަދި ފަހުން ރައީސް ސޯލިހުގެ ސަރުކާރުގެ ޓެކްނޮލަޖީ މިނިސްޓަރުކަން ކުރެއްވި މަލީހް ވިދާޅުވިއެވެ.
މަލީހް ވަނީ ޕީޕީއެމް އިން ބަޔަކު ރާވައިގެން ރައީސް ޔާމީން ބޭރު ކޮށްލެއްވީ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެކަމުގެ އަޑީގައި ހުންނެވީ ކޮން ބޭފުޅެއްކަން އެނގޭ ކަމަށް މަލީހް ވިދާޅުވިއެވެ. [މަލީހް އެ އިޝާރާތް ކުރެއްވީ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް ކަމަށް ބެލެވެއެވެ.]
އޭނާގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުން ރައީސް މުއިއްޒަށް ވޯޓު ދެއްވީ ރައީސް ޔާމީން މިނިވަން ކުރުމަށް ކަމަށް ފާހަގަކުރެއްވިއެވެ. އަދި އަބްދުއްރަހީމްގެ އާއިލާ އަށް 33 މަގާމު ދިވެހި ސަރުކާރުން ދީފައިވާ ކަމަށް ތުހުމަތު ކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ޚީކޭ ދެންބުނާނީ ވެސް މީދުނިޔެ ހިތަށްވެސްނާރާ ކަންތައްތައް މި ފެންމަތިވަނީ، އެހެންވީމަ ކެއޮގަނޑުކަނޑާލީމަ ގަހުގެ ބޭނުން ނެތީތާ،
33