ހުޅުމާލެ ފުރަތަމަ ފިޔަވަހި ސެންޓްރަލް ޕާކު ކައިރީގައި “ކޭޕާކް ރެޒިޑެންސް” ގެ ނަމުގައި ހަދަމުން އަންނަ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރާ އެ މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް 200 އަށްވުރެ ގިނަ ދައުވާ ކުރުމަށް އަންނަ ހަފްތާގައި ފޮނުވާނެ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލާގައި 41 އެޕާޓްމަންޓެއް 107 މީހަކަށް ވިއްކާފައިވާ ތުހުމަތު ކުރެވޭ ކަމަށެވެ. ދައުވާ ކުރަމުން ދާނީ މައްސަލަތައް ނިމޭ ވަރަކުން ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
މަންޑޭގެ މައްޗަށް 225 ދައުވާ ކުރާއިރު މީގެތެރޭގައި ހިމެނެނީ ސައްހަ ނޫން ލިޔުމެއް އުފެއްދުމާއި އޮޅުވާލުމާއި ޓެކުމާއި މަނީ ލޯންޑަރިންނެވެ. މި ދައުވާތަކަކީ ބޮޑެތި އަދަބުތައް އަންނަ ދައުވާތަކެކެވެ.
ޕީޖީ ވިދާޅުވީ މަންޑޭ އެކި ފަރާތްތަކަށް ފްލެޓުތައް ވިއްކައިގެން އޭގެއިން ލިބުނު މަންފާ އަށް އަގުބޮޑު ފްލެޓެއް ގަނެފައިވާ ކަމަށެވެ. އެ ފްލެޓުގެ އަގު 8 މިލިއަނަށް އަރާއިރު އެގެއިން ފެނުނު ގަހަނާ އާއި އަތް ދަބަހާއި ސެންޓުގެ އަގު އެކަނި ވެސް 7 މިލިއަނަށް އަރާ ކަމަށެވެ.
ޝަމީމް ވިދާޅުވީ މަންޑޭގެ ގެއިން ފެނުނު ސެންޓު ފުޅިތަކުގެ ތެރޭގައި 200 އެއްހާ ސެންޓުފުޅި އެއްވެސް ގޮތަކަށް ނުކަނޑާ ހުރި ކަމަށެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ