ނ. މަނަދޫގައި މަރާލާފައި އޮތް ނައީމާގެ މޫސާގެ މަރުގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ނިންމައިފިއެވެ.
ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ނައީމާގެ މަރުގެ ތުހުމަތު ކުރެވޭ ތިން މީހުންގެ މައްޗަށް ތިން ދައުވާއެއް އުފުލާނެ ކަމަށެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމާއި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ.
ދައުވާތައް ކުރާ ސަބަބު ތަފްސީލު ކޮށްދެއްވަމުން ޝަމީމް ވިދާޅުވީ އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާކުރަނީ ނައީމާ މަރާލުމަށްފަހު، އެރަށުގެ އެހެން ސަރަހައްދަކަށް ގޮސް އެ ތަނުގައި ވަޅެއް ކޮނެ، އެ އަމަލު ހިންގުމަށް ބޭނުންކުރި ވަޅި އާއި އެހެން އެއްޗެހި ނައްތާލަން އަންދާލާފައި ވާތީ ކަމަށެވެ.
މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ ކުރާ ސަބަބު ހާމަ ކުރައްވަމުން ޝަމީމް ވިދާޅުވީ އެ އަމަލު ހިންގުމަށްފަހު އެމީހުން އެތަނުން ދިޔައީ އެގޭގެ ދޮރު ތަޅުލާފައި ކަމަށެވެ. އެހެންކަމުން އާއިލާ މީހުންނަށް އެކަން އިނގުނީ ހާދިސާ ހިނގިތާ 40 ގަޑިއިރު ފަހުން ކަމަށް ވާތީ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ