ވެރިކަން ކުރާ މައިޕާޓީ ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޝިފާގު މުފީދު (ހިސްޓޯ) ޕީއެންސީ އަށާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (އަދުރޭ) އަށް ފާޑު ވިދާޅުވުމަށްފަހު އެޕާޓީން ވަކިވެއްޖެއެވެ.
ހިސްޓޯގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައި ވަނީ މިހާރު ޕީއެންސީ ހިންގާ މަގަކީ "ހައްދުންމަތިން" އަންނަ މީހަކު ޕާޓީގެ އޮފީސް ތެރެއިން "އަޑަފި" ހިއްޕަވައިގެން ނިކުމެ، ޕްރޮގްރެސިވް ކޯލިޝަންގެ އެންމެންގެ މޫނަށް "ހައްޕުންޑު" ބުރުުވުމުގެ ނޭއްގާނީ އުސޫލު ކަމަށެވެ. "ހައްދުންމަތިން" އަންނަ މީހަކު ކަމަށް ހިސްޓޯގެ ސިޓީގައި ވިދާޅުވެފައި އެވާ މީހަކީ ޕީއެންސީގެ ޗެއާޕާސަން އަދުރޭ ކަމަށް ބެލެވެއެވެ.
ހިސްޓޯ ވިދާޅުވީ މިފަދަ ހާލަތެއްގައިވެސް މެންބަރުންގެ މޫނުމަތިން "މާލީސް" ކޮށްގެންވެސް ދިވެހިންގެރާއްޖެ ދިވެހިން އޭދޭ މަގަށް ނުގެންދެވޭނެތީ ޕާޓީގެ މެންބަރު ކަމާއި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުން އިސްތިއުފާ ދީފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ޕީއެންއެފް އިން މިއަދު ބުނީ ޕީއެންސީން ވަކިވެ، ހިސްޓޯ ޕީއެންއެފްއާ މިއަދު ގުޅިވަޑައިގެންފައިވާ ކަމަށެވެ.
ޕީއެންސީން ގެންދަނީ އެޕާޓީ ބޮޑު ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުން ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު ރައީސް ޔާމީން ޕީޕީއެމްގައި ހުންނެވިއިރު އެމަނިކުފާނު ވަނީ ޕީއެންސީ އަށް ޕީޕީއެމްގެ މެންބަރުން ނުގެންދިއުމަށް އެދިފައެވެ.
މިފަދަ އެތައް މައްސަލަތަކެއްގެ ސަބަބުން ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެ، އައު ޕާޓީއެއް އުފައްދަވަން ނިންމަވާ އެކަން މިހާރު ވަނީ ފައްޓަވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ތީތެދުވެރިން ނަކީ
ނަވާލު