ހުސްވެފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުގައި އެމްޓީސީސީގެ އެމްޑީގެ މަގާމުގައި ހުންނެވި އާދަމް އާޒިމް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ފޯމް ހުށަހަޅުއްވައިފިއެވެ.
މިއަދު ހަވީރު އާޒިމް ފޯމު ހުށަހެޅުއްވުމަށް އެމްޑީޕީ އޮފީހަށް ވަޑައިގަތުމުން އޭނާގެ ފޯމާ ހަވާލުވެވަޑައިގަތީ އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. އާޒިމްގެ އިތުރުން ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރަން ނިންމައިފައެވެ.
މީގެއިތުރުން ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރާއި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވެސް އެ އިންތިހާބުގައި ވާދަކުރާނެ ކަމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ