ސަރުކާރުން ދައްކާ ވާހަކަތަކާއި އަދި ވެެރިކަމަށް އައުމަށް ދެއްކި ވާހަކަތައް ހަނދާން ނައްތާނުލާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ނަމުގައި ފޮނުވާފައިވާ ސިޓީއަކާއި ގުޅިގެން އެކްސްގައި ޝިޔާމް ކުރެއްވު ޕޯސްޓެއްގައި ވިދާޅުވީ މީސްމީޑިޔާ މެދުވެރިކޮށް ފާޅުކުރެއްވި ކަންބޮޑުވުމަކީ ރައީސުލްޖުމުހޫރިއްޔާވެސް މިވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ވަރަށް އަވަސް ހައްލެއް ހޯއްދަވަން މަސައްކަތްޕުޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުމެއް ކަމަށެވެ.
"އަޅުގަނޑުމެންނަކީ އިރާދަކުރެްވިއްޔާ ދައްކާ ވާހަކަ ހަނދާންނައްތާލާނެ ބައެއްނޫންކަން ޔަޤީންކަން އަރުވަން. މަސްވެރި ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުގައި އަޅުގަނޑުމެން ލަސްތަކެއްނުވެ ހޯދާނަން،" މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ގިނަކަންކަމަކީ ވާހަކަ ދައްކައިގެން ހައްލުހޯދޭނެ ކަންކަން ކަމަށާއި ރައީސް މުއިއްޒު ސަރުކާރުގެ އަމާޒަކީ މަސްވެރިންގެ އަޑު ގާތުން އަހައިގެން ޖުމްލަ ހައްލަށް މަސައްކަތްކުރުން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ