މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި މާލޭގެ ސިޓީ ކައުންސިލްގެ ތިން ދާއިރާއެއްގެ މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޕީޕީއެމް/ޕީއެންސީން ނެރެފައިވާ އިއުލާނެއްގައި މިއަދު ބުނީ މާލޭ ސިޓީގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާ (އަންހެނުންނަށް ހާއްސަ ގޮނޑި)ގެ މެންބަރު އިންތިހާބު ކުރުމަށް އަންނަ މަހުގެ 13ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަންގައި އެ ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މިމަހުގެ 9ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލް މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާ (އަންހެނުންނަށް ހާއްސަ ގޮނޑި)ގެ މެންބަރުގެ މަގާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، އިއްޔެ އިން ފެށިގެން މިމަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށް ހުޅުވާލާފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.
އެހެންކަމުން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މެންބަރުންގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާ (އަންހެނުންނަށް ހާއްސަ ގޮނޑި)ގެ މެންބަރު ކަމަށް ޝައުގުވެރިވާ މެންބަރުން އެކަމަށް އެދި ހުށަހެޅުމަށް އެ ކޯލިޝަނުން ތައްޔާރުކޮށްފައިވާ ފޯމާއެކު ޕީއެންސީ އޮފީސް (ކާނިވަލް ދޮންމަނިކު ސްކައި ވިއު ގްރައުންޑް ފްލޯ) އަށް ނުވަތަ ޕީއެންސީގެ އީމެއިލް [email protected] އަށް ފޮނުވުމަށް ވަނީ އެދިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ