އައްޑޫސިޓީގައި ގްރޫޕް މާރާމާރިއެއް ހިނގާ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމު ކޮށްލައިފިއެވެ.
އެކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ އައްޑޫސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރިއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމު ކޮށްލާފައިވާ ކަމަށާއި ޒަހަމު ކޮށްލާފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެމީހާއަށް އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
އަދި އެމީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ