ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ހިނގާ ހަރަދުތައް ހާމަ ކުރައްވާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދުތަކުގެ މައުލޫމާތު އެއިން ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.
މިއީ މީގެކުރިން އެއްވެސް ސަރުކާރަކުން އަމަލު ކޮށްފައިވާ ގޮތެއް ނޫނެވެ. ނަމަވެސް މައުލޫމާތު ހާމަ ކުރުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅައިގެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުން، ވަނީ އެމަނިކުފާނާއި ސަރުކާރުގެ ބައެއް އެހެން އިސްވެރިން ބޭރު ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަފްސީލުތައް ހާމަ ކޮށްފައެވެ.
އެ ދަތުރުތަކުގެ ތަފްސީލުތަކާއި ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ރިޕޯޓު ވެސް ކޮށްފައި އެބަހުއްޓެވެ.
ރައީސް މުއިއްޒު މިފަދަ ނިންމެވުމަށް ނިންމެވިއިރު އެމަނިކުފާނު ވަނީ ވެރިކަން ކުރައްވާއިރު އެމަނިކުފާނު ރައްޔިތުންނަށް ފޮރުވާނެ އެއްޗެއް ނޯންނާނެ ކަމަށާއި ކުރައްވާނީ ދެފުށް ފެންނަ ވެރިކަމެއް ކަމަށް ތަކުރާރުކޮށް މީގެކުރިން ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ