އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް ބަހުސް ކުރަން ތައްޔާރުވެފައި ވަނިކޮށް، މަޖިލީހުގެ ނައިބު ރައީސް އީވާ އިސްތިއުފާ ދެއްވައިފިއެވެ.
އީވާ އިސްތިއުފާ ދެއްވީ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހަށް ހާޒިރުވެ، ޖަވާބުދާރީވުމަށްފަހުއެވެ. އޭނާގެ އިސްތިއުފާގެ ސިޓީ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ހުށަހެޅުއްވީ ޑިމޮކްރެޓްސްގެ ޕާލެމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމެވެ.
ރިޔާސަތަށް އެ ސިޓީ ލިބުމާ އެކު، އިސްތިއުފާގެ ސިޓީ ވަނީ މަޖިލީހަށް ވަނީ އިއްވާފައެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ހަމައެކަނި އެ މައްސަލަ ކަމަށްވުމާ އެކު، އިވާގެ އިސްތިއުފާއާ އެކު ޖަލްސާ ވަނީ ނިންމާލާފައެވެ.
މަޖިލީހަށް އާ ނައިބު ރައީސެއް އިންތިހާބުކުރާނީ މިރޭ 8:30ގައި ބާއްވާ މަޖިލީހުގެ ޖަލްސާގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ