ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ތިން މެންބަރަކު ޝައުގުވެރިކަން ފާޅު ކުރައްވައިފިއެވެ.
މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމު ހުސްވެފައި މިވަނީ، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އީވާ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އީވާ އިސްތިއުފާ ދެއްވީ އެކަމަނާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން ހުށަހަޅާފައި އޮތުމުންނެވެ.
އެމްޑީޕީން ބުނީ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމަށް ތިން ބޭފުޅަކު ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކަމަށެވެ. އެއީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ކަމަށް އެޕާޓީން ބުންޏެވެ.
މި ބޭފުޅުންގެ ތެރެއިން ޖާބިރު ވަނީ ދާދިފަހުން ބޭއްވި އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަގާމަށް ވެސް ވާދަ ކުރައްވާފައެވެ.
މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭގެ 20:30ގައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ