އެސްޓީއޯއިން ކުރިޔަށްގެންދާ ހެއްޔާ މަކިޓާ 2023 ޕްރޮމޯޝަން ފަށައިފިއެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 11ވަނަ ދުވަހާއި ހަމައަށް ކުރިޔަށް ގެންދާ އެ ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު، މުހައްމަދު އީމާންއެވެ. އެސްޓީއޯ މަކިޓާ ޝޯރޫމްގެ އިތުރުން ރީޖަނަލް އައުޓްލެޓްތަކުގައިވެސް އެ މުއްދަތުގައި ޕްރޯޝަން ކުރިޔަށް ގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
އެ ޕްރޮމޯޝަންގެ ދަށުން ކުރައްވާ ކޮންމެ ފަސް ސަތޭކަ ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާއިރު 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.
އެ ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން 1 ވަނައަށްދާ ފަރާތަކަށް މަކިޓާ ޝޯރޫމްގެ 30،000 ރުފިޔާގެ ގިފްޓް ވޮއުޗަރެއް ލިބޭނެއެވެ. އަދި ދެވަނައަށް 20،000 ރުފިޔާގެ ގިފްޓް ވޮއުޗަރެއް ލިބޭ އިރު ތިންވަނައަށްދާ ފަރާތަކަށް 10،000 ރުފިޔާގެ ގިފްޓް ވޮއުޗަރެއް ލިބޭނެއެވެ.
މީގެ އިތުން ޕްރޮމޯޝަން ނިމެންދެން ކޮންމެ ހޮނިހިރު ދުވަހަކު މަކިޓާ ޝޯރޫމްގައި މަކިޓާ ޓޫލް ބޭނުންކޮށްގެން އިސްކުރު ޖެހުމުގެ މުބާރާތެއް ކުރިޔަށް ގެންދާނެއެވެ. ެއ މުބާރާތުގައި އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ އިސްކުރު ޖަހާ ފަރާތެއް ހޮވައި އެ ފަރާތަކަށް މަކިޓާގެ އުފެއްދުންތައް އިނާމުގެ ގޮތުގައި ލިބޭނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ