ހުސްވެފައިވާ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހޮވަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފިއެވެ.
އެގޮތަށް ފާސްކުރީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ. އެ ވޯޓުގައި ނައިބު ރައީސްކަމަށް ތިން ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ ސަލީމްގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރެވެ.
ވޯޓުގެ ތަފްސީލު:
- އަހުމަދު ސަލީމް: 26 ވޯޓު
- ރޮޒައިނާ އާދަމް: 23 ވޯޓު
- ޖާބިރު: 3 ވޯޓު
- ބާތިލު: 2 ވޯޓު
މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ އޮންނާނީ މިރޭ 8:30ގައެވެ. އެމްޑީޕީ ފިޔަވައި، އެހެން ޕާޓީއަކުން އެ މަގާމަށް ވާދަކުރާނެކަން އިއުލާންކޮށްފައެއް ނުވެއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި