ދަ ޑިމޮކްރެޓްސްގެ ފުރަތަމަ ދައުރުގެ އެތެރޭގެ މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ބޭއްވި ވޯޓުގައި އެޕާޓީގެ ރައީސްކަމުގެ މަގާމަށް ހަސަން ލަތީފް އިންތިހާބު ކުރައްވައިފިއެވެ.
އިއްޔެ ބޭއްވި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި ހަސަން އެ މަގާމަށް އިންތިހާބުވެވަޑައިގަތީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއާ ވާދަކުރައްވައެވެ. މި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރީ މިރޭގެ ވަގުތެއްގައެވެ. ވަގުތީ ނަތީޖާ އިއުލާންކުރީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
އާޒިމް ވިދާޅުވީ އިއްޔެ ބޭއްވި އިންތިހާބުގައި ހަސަން ލަތީފް ޑިމޮކްރެޓުންގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތީ 1704 ވޯޓު ކަމަށެވެ. ހަސަންއާ ވާދަކުރެއްވި އަމްރު އަށް އިއްޔެ ބޭއްވި އިންތިހާބުގައި ލިބިވަޑައިގަތީ 1300 ވޯޓު ކަމަށް އާޒިމް ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރިއިރު ވަގުތީ ނަތީޖާ ރޭ އިއުލާނު ނުކުރުމުން ޑިމޮކްރެޓުންނަށް ބައެއް އާއްމު މެންބަރުން ވަނީ ފާޑު ކިޔައިފައެވެ. އަދި އެ އިންތިހާބުގައި ވާދަކުރެއްވި އަމްރު ވަނީ ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިތުރަށް އެކަމުގައި ދައްކަވާނެ ވާހަކައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ