ހުސްވެފައިވާ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިންތިހާބު ކުރައްވައިފިއެވެ.
މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަލީމް އެ މަގާމަށް އިންތިހާބު ކުރެއްވީ 51 މެންބަރުންގެ ވޯޓުންނެވެ. އެ ވޯޓުގައި ސަލީމްއާ ވާދަކުރެއްވީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރެވެ. އޭނާ އަށް ލިބިވަޑައިގަތީ 23 ވޯޓެވެ. ސަލީމަކީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުން ފާސްކުރި ނަމެވެ.
އެ ވޯޓުގައި ނައިބު ރައީސްކަމަށް ތިން ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ ސަލީމްގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރެވެ. ސަލީމްގެ ނަން ފާސް ކުރައްވާފައި ވަނިކޮށް އެމްޑީޕީގެ މެންބަރުންތަކެއް މިރޭގެ ޖަލްސާގައި ޖާބިރުގެ ނަން ހުށަހެޅުއްވިއެވެ.
އެގޮތުން ޖާބިރުގެ ނަން ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމެވެ. އެ ހުށަހެޅުމަށް ކިނބިދޫ ދާއިރާގެ މެންބަރު ނާޝިޒާއި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޝިޔާންގެ އިތުރުން ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވަނީ ތާއީދު ކުރެއްވިއެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމް އިންތިހާބު ކުރައްވާފައި މިވަނީ މަޖިލީހުގެ ނާއިބު ރައީސްކަމުގައި ހުންނެވި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އެމަގާމުން އެކަމަނާ އިސްތިއުފާ ދެއްވުމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ