އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް މެންބަރަކު އިންތިހާބު ކުރުމަށް ރޭ ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެމްޑީޕީން ނެރެފައިވާ ތްރީލައިން ވިޕާއި ފާޅުގައި ހިލާފުވި ދެ މެންބަރުންގެ މައްސަލަ ޕާޓީ އަށް ހުށަހަޅާނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބުނެފިއެވެ.
މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމު ހުސްވުމުން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން ތިން މެންބަރަކު އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރިއެވެ. އެއީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރެވެ. އެމްޑީޕީގެ ޕީޖީގައި ނެގި ވޯޓު ކާމިޔާބު ކުރެއްވީ ސައްލެއެވެ.
އެހެންކަމުން ރޭ މަޖިލީހުގައި ބޭއްވި މަޖިލިސް ނާއިބު ރައީސް އިންތިހާބު ކުރުމުގެ ޖަލްސާ އަށް ސައްލެ އިންތިހާބު ކުރުމަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމަށް ޖާބިރުގެ ނަން ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމަށް ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ތާއީދު ކުރެއްވިއެވެ.
އެކަމާއި ގުޅިގެން އެމްޑީޕީ ޕީޖީގެ ސްޕޯކްސް ޕާސަން އަދި ވެލިދޫ ދާއިރާގެ މެންބަރު ވިދާޅުވީ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމަށް ސަލީމް އިންތިހާބު ކުރުމަށް އެޕާޓީގެ ޕީޖީން ތްރީލައިން ވިޕެއް ނެރެފައިވާ ކަމަށެވެ. އަދި ޖާބިރުގެ ނަން ހުށަހެޅީ ތްރީލައިން ވިޕް ނެރެފައި ވަނިކޮށް ކަމަށް ރޭ މީޑިއާތަކަށް އޭނާ ވިދާޅުވިއެވެ.
މެންބަރު މޯޑު ވިދާޅުވީ ޕީޖީން ނެރެފައިވާ ތްރީލައިން ވިޕާ ފާޅުގައި ހިލާފުވެވަޑައިގަތޫ މެންބަރު ޝިޔާނާއި މެންބަރު ޖާބިރު ކަމަށެވެ. އެހެންކަމުން އެ ދެ މެންބަރުންގެ މައްސަލަ ޕާޓީއަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަލީމް އެ މަގާމަށް އިންތިހާބު ކުރެއްވީ 51 މެންބަރުންގެ ވޯޓުންނެވެ. އެ ވޯޓުގައި ސަލީމްއާ ވާދަކުރެއްވީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރެވެ. އޭނާ އަށް ލިބިވަޑައިގަތީ 23 ވޯޓެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ