ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް އާއި އެ ބޯޑުގެ މެންބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި މެންބަރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފިއެވެ.
ރައީސް މުއިއްޒު ޕީސީބީގެ ރައީސްކަމުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހަމްދީ އަގީލްއެވެ. މީގެއިތުރުން އެ ބޯޑަށް ރައީސް މުއިއްޒު ވަނީ އިތުރު ހަތަރު މެންބަރަކު އައްޔަން ކުރައްވާފައެވެ. މީގެ ތެރޭގައި އެކި ދާއިރާތަކަށް ނިސްބަތްވާ ފަރާތްތައް ހިމެނެއެވެ.
ޕީސީބީއަށް ރައީސް އައްޔަންކުރެއްވި މެންބަރުން:
އެކައުންޓިން އެންޑް ފައިނޭންސް ގެ ދާއިރާއިން: އަޙްމަދު މުޝްތާގު
ބޭންކިންގެ ދާއިރާއިން: ލީނާ އަބްދުލް ޖަލީލް
ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: އަލްއުސްތާޒު މޫސާ ފަތުހީ އާދަމް
އިކޮނޮމިކްސްގެ ދާއިރާ: ހަސަން ޒަރީރު
މި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ އެސްއޯއީ ކޮމެޓީ އަށް މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ ފޮނުވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ