އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު، އޭނާގެ މޭޒުކޮޅުގައި ބަހައްޓާފައި އިން މައިކު ބިންދާލި މައްސަލަ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީން ބަލަން ނިންމައިފިއެވެ.
މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް މިދިޔަ އާދީއްތަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ޖާބިރު މަޖިލިސް ރައީސް ކަމަށް ގެނައުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހެޅުއްވިއެވެ. ނަމަވެސް އެ މަގާމަށް އިންތިހާބު ކުރެއްވީ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.
އެ މައްސަލާގައި އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި ޖާބިރު އަޑުގަދަ ކުރެއްވިއެވެ. އަދި ނުރުހުން ފާޅު ކުރައްވަމުން ގެންދެވިއެވެ. އެކަމާއި ގުޅިގެން ޖާބިރުގެ ނަންވެސް އިއްވެވިއެވެ.
ޖާބިރު މޭޒުކޮޅުގައި ހުރި މައިކު ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. އެކަން ހާމަކުރެއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ.
އަސްލަމް ވިދާޅުވީ އެ މައިކު ހެދުމަށް 5،100 ރުފިޔާ ހަރަދު ވާނެ ކަމަށެވެ.
އަދި އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި