ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ކުލި ކުރިޔަށް ހަތް އަހަރަށް ކުޑަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ހިޔާ ފްލެޓުތައް ހެދުމަށް ދިޔަ ފައިސާ އަނބުރާ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ރައީސް މުއިއްޒު ނިންމެވީ ހިޔާ ފްލެޓުތައް ހެދުމަށް ދިޔަ ފައިސާގެ އެވްރެޖު އަގެއް ދިނުމެވެ.
ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ކުލި ކުރިޔަށް އޮތް ހަތް އަހަރަށް ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކުރިޔަށް އޮތް ހަތް އަހަރު ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 3،984 ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ