ސަރުކާރުގެ ސިޔާސަތަކަށް ވާނީ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި، ސަރުކާރުގެ އެއްބާރުލުން ފުރިހަމައަށް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ކޮމިޝަން ދުވަހާއި ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޮރަޕްޝަން އުފަންވާ ހާއްޔަކީ ހުދު ގިރުވާނު ކަމަށް ބުނެވޭ ކަމަށާއި ކޮރަޕްޝަންގެ ކުށަކީ ހުދު ގިރުވާނުލީ ގިންތީގެ ކުށެއް ކަމަށް ބުނެވޭ ކަމަށެވެ.
"އޭގެ މާނައަކީ، ނަހަމަ ގޮތުގައި ނުފޫޒު ފޯރުވުމުގެ ކުށް ހިނގަނީ ސިޔާސީ ގޮތުންނާއި މާލީ ގޮތުން މަތީ ދަރަޖައަކަށް ދެވިފައިވާ މީހުންގެ މެދުގައި ކަމަށް ބުނެވޭ. އެހެންކަމުން، މިތަނުގައި ލިބޭ ފިލާވަޅަކީ، ގައުމުގެ އިޖުތިމާއީ ސިޔާސީ ހަރުގަނޑުން ތިމާއަށް މައްޗަށް އެރުނުވަރަކަށް، އަމާނާތްތެރިކަމާއި ތެދުވެރިކަމުގެ މަގަށް ބަލަން ފަރުވާތެރިވާން ޖެހޭކަން،" ރައީސް ވިދާޅުވިއެވެ.
ކޮރަޕްޝަނަށް ނޫނެކޭ ބުނުމަކީ، ތިމާގެ އަމިއްލަ ނަފްސާ ހަމައިން ފަށަންޖެހޭ ކަމެއް ކަމަށާއި އެކަމުގަސި ބައެއްފަހަރަށް ދެފަރާތެއް ހިމެނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އެއީ، ކަމަކަށް ބޭނުންވާ މީހާއާއި، އެ ބޭނުމެއް ފުއްދައިދޭން ހުންނަ މީހާ. ބޭނުންވާ މީހާ، ކަން ކުރަންވީގޮތަކީ އުސޫލުން ބޭރުން އެކަމަކަށް ނޭދުން. އޭރުން އެ ހިދުމަތް ދޭން ހުންނަ މީހާއަށް އެކަމުގައި އެއްވެސް ތަކުލީފެއް ކުރިމަތިކުރުމުގެ ފުރުސަތެއް ނުލިބޭނެ. އޭރުން އެ ބަންދުކޮށްލެވެނީ، ކޮރަޕްޝަނަށް ހުޅުވޭ ވަރަށް ފުޅާ ދޮރެއް" ރައީސް ފާހަގަކުރެއްވިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ
ކޮރަޕްޝްން އަށް ނޫނެކޭ ބުނުން ސިޔާސަތަކީ. ޢެކަމު ދަނީ ދެބޯގެރި ދުއްވާހެން އަބަދުވެސް އިދިކޮޅަށް.
ވަަރަށް ވާހަކަ