އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލިސް އިންތިހާބުގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި އެމްޑީއޭ އަދި އެމްއެންޕީ އަށް ބައިވެރިވެވޭ ގޮތަށް އުސޫލެއް ހަދައިފިއެވެ.
އެ އުސޫލުގައި ބުނެފައި ވަނީ އަންނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިކަން ހުރި ޕީޕީއެމް/ޕީއެންސީއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ މި މަހު 23 ގައި ބާއްވަން އެ ޕާޓީން ވަނީ ނިންމައިފައެވެ.
އެކަން ނިންމީ ޕީޕީއެމާއި ޕީއެންސީން ގުޅިގެން ރޭ ބޭއްވި ސެނެޓް ބަައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ނިންމާފައި ވަނީ މާދަމާ އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލުމަށެވެ. އަދި ޕްރައިމަރީގައި ވޯޓުލެވޭނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ޕީޕީއެމާއި ޕީއެންސީގައި ތިބި މެމްބަރުންނަށެވެ.
ޕްރައިމަރީ ބާއްވާ ދުވަސް އިއުލާންކުރީ ސެނެޓް ބައްދަލުވުމަށްފަހު، ރޭ ހުޅުވި ޕީއެންސީ އޮފީހުގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމެވެ.
މިދިޔަ މަހު ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޕްރައިމަރީ އޮންނާނީ ޖެނުއަރީ 20 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް ޕްރައިމަރީ އަވަސްކުރި ސަބަބެއް އެ ޕާޓީއަކުން ހާމައެއް ނުކުރެއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި