ހުޅުމާލޭގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި އޮވެ ގިނަ ހިދުމަތްތަކެއް އާއްމުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދެމުންގެންދާ އާބަންކޯއާ ގުޅޭ ޝަކުވާއެއް ނުވަތަ ހިޔާލެއް އޮތް ނަމަ އެކަން ސީދާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުއާ ހިއްސާ ކުރުމުގެ ފުރުސަތު އާބަންކޯ އިން ހުޅުވާލައިފިއެވެ.
އާބަންކޯ އިން ބުނީ އެކުންފުންޏާ މެދު އާއްމުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކާއި ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދީ، ހާމަކަން ބޮޑު ގޮތެއްގައި ހިދުމަތްތައް ދިނުމުގެ ގޮތުން، އާސްކް އެމްޑީ މެދުވެރިކޮށް ސުވާލާއި ހިޔާލު އަދި ޝަކުވާ ސީދާ މެނޭޖިން ޑިރެކްޓަރަށް ހުށަހެޅުމަށް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ފަޒުލް އަށް ސީދާ ސުވާލާއި ހިޔާލު އަދި ޝަކުވާ ފޮނުވޭނެ ގޮތް ހެދުމަށް އެކަމަށް ހާއްސަ އީމެއިލް އެޑްރެސެއް މިހާރު ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން، [email protected] އަށް ކުރައްވާ މެއިލްތަކަށް ސީދާ އެމްޑީ ޖަވާބުދާރީވެ މައްސަލަތަކާއި ހިޔާލުތަކަށް ހެޔޮ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ފަޒިލް އަރުވާފައިވާ ކަމަށެވެ.
މިހާރުވެސް ރައްޔިތުންނާއި ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ އާބަންކޯގެ ހިންގުމަށް ބަދަލުތައް ގެނެސް، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް އެ ކޯޕަރޭޝަންގެ މެނޭޖްމަންޓުން މިހާރު ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ