ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ރަނގަޅަށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.
ވަރިވާން ދިޔަ އަންހެނަކަށް ގުޅައި، މެސެޖް ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ މައްސަލާގައި މަޖިލީހުން ގޮތެއް ނުނިމި އޮއްވާ އެފަދަ އިތުރު މައްސަލައެއްގައި ޖޭއެސްސީން ވަނީ އޭނާގެ މަގާމު ދަށްކުރަން ނިންމައިފަ އެވެ.
އެ މައްސަލަ ދިރާސާ ކުރުމަށްފަހު ޖުޑިޝަރީ ކޮމިޓީން ނިންމީ އޭނާ ވަކި ކުރުމަށްޓަކައި ޖޭއެސްސީން މަޖިލީހަށް ފޮނުވީ ގާނޫނުއަސާސީ އާއި ގާނޫނުގައި ބުނާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ.
ކޮމިޓީން އެގޮތަށް ނިންމުމަށްފަހު މިހާރު ވަނީ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން ފޮނުވައިފަ އެވެ.
ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން އެކަމަށް އެދި ހުށަހެޅުމުން މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.
އަލީ އާދަމްގެ މައްސަލައިގައި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އޭނާ ހާޒިރުކޮށް ޖަވާބުދާރީވާން ފުރުސަތު ދިނެވެ. މިއީ މިފަދަ މައްސަލައެއްގައި ޖަވާބުދާރީވާން ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ