ގްރޭޑް 10އިން މަތީގެ ދަރިވަރުންނަށް ނުވަތަ ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު ކިޔަވަމުންދާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާން އިމާމުންނާއި ހަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގްރޭޑް ގްރޭޑް 10އިން މަތި [11 އަދި 12 ހިމެނޭހެން] ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ގުރުއާން ކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާ ކިއުމުގެ ހުއްދަ ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތަށް މިނިސްޓްރީން ނިންމެވީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހަތީބުންނާއި އިމާމުން ލިބުމުގެ ދަތިކަން ހުރުމާއެކު، ޒުވާން އިމާމުންނާއި ހަތީބުންނަށް ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މިއީ މިފަދަ ނިންމުމެއް ރާއްޖޭގައި ނިންމި ފުރަތަމަ ފަހަރެވެ. ނަމަވެސް ރަމަޟާން މަހު ތަރާވީހު ނަމާދު ކުރުމަށް ގުރުއާން ހިތުދަސް ކުޑަކުދިންނަށް މީގެކުރިން ފުރުސަތު ދީފައި އެބަހުއްޓެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ