މަނީލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން، ސިޔާސީ ކަންކަމުގައި އުޅުމަށް މަނާ ކޮށްފައި ވަނިކޮށް، އެމަނިކުފާނު އަލަށް އުފައްދަވާ ސިޔާސީ ޕާޓީ ޕީއެންއެފް އަށް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
ޕީޕީއެމް އާއި އެޕާޓީގެ ލީޑާޝިޕުގެ ބޭފުޅުންނާއި މެދު ހިޔާލު ތަފާތުވުންތަކެއް އުފެދި އެޕާޓީން ވަކިވެވަޑައިގަތުމަށްފަހު ޔާމީން އަލަށް އުފައްދަވާ ސިޔާސީ ޕާޓީ ޕީއެންއެފް އަށް ސޮއި ކުރުމުގެ ގޮތުން އެޕާޓީގެ އޮފީހުގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ. ޕީއެންއެފް އަށް ރައީސް ޔާމީން ސޮއި ކުރެއްވި ފޯމާއި ހަވާލުވެވަޑައިގަތީ އެޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.
ސިޔާސީ ކަންކަމުގައި ޔާމީން ބައިވެރިވާތީ ކަރެކްޝަނުން ޔާމީނާއެކު ހަދާފައިވާ އިގުރާރު އުވާލާނެ ކަމުގެ އިންޒާރު އެމަނިކުފާނަށް ކަރެކްޝަނުން ވަނީ ދީފައެވެ.
ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިތާ ދެވަނަ އަށް ވީ ދުވަހުއެވެ. އަދި އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ކަރެކްޝަންސް އިން ޔާމީން މާލޭ ބަންދަށް ނުވަތަ ރަށު ބަންދަށް ދޫކުރެއްވިއެވެ.
ލުއިތައް ދެއްވުމާއެކު ޖެހިގެން އައި ރޭ އެމަނިކުފާނު ވަނީ ޕީޕީއެމް އޮފީހަށް ވަޑައިގެން ޔާމީން ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ ޕީޕީއެމްގެ ޖަގަހަ ޖަލްސާއެއްގައި ވެސް ބައިވެރިވެވަޑައިގެން ވާހަކަދައްކަވައިފައެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ