ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ހުންނަވާ ރާއްޖޭގެ ސަފީރާއި އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ބޭފުޅުން އައްޔަން ކުރުމަށް ދެ ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެގޮތުން މިހާރުވެސް ފޮރިން މިނިސްޓްރީގެ އެމްބަސެޑަރު އެޓް ލާޖުގެ މަގާމުގައި ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) ޔޫއޭއީގެ ސަފީރަކަށް އައްޔަން ކުރުމަށް ރައީސް ވަނީ ފޮނުވައިފައެވެ. އަދި ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ޔޫކޭގައި ހުންނަވާ ރާއްޖޭގެ ސަަފީރަކަށް އައްޔަަން ކުރުމަށް ރައީސް ވަނީ މަޖިލީހަށް ފޮނުވައިފައެވެ.
މުންދު އަކީ ހާރިޖީ ދާއިރާގެ ތަޖުރިބާކާރެކެވެ. އެގޮތުން މުންދު އެ މަސައްކަތް ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ފޮރިން މިނިސްޓްރީންނެވެ. އެއަށްފަހު ރައީސް އޮފީހުގެ ތަރުޖަމާނެއްގެ މަގާމުގައި ވެސް ހުންނެވިއެވެ.
މުންދު ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދު އަދި ކުރީގެ ރައީސް ޔާމީން ވެރިިކަމުގައި ސަރުކާރުގެ މުހިއްމު އަދި އިސް މަގާމުތަކެއް އަދާ ކުރައްވާފައެވެ.
ހަމ އެފަދައިން އިރުތިޝާމަކީ ވެސް ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރެއްވި ކަނބަލެކެވެ.
މި ދެބޭފުޅުންގެ އިތުރުން އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ) ގެ ދާއިމީ މަންދޫބު ކަމަށް ޑރ. އަލީ ނަސީރު މުހައްމަދު އައްޔަން ކުރުމަށް އެމަނިކުފާނުގެ ނަންވެސް ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ