މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މާލީ ބަޔާން ހުށަނާޅާ ތިއްބެވި ފަސް ކެންޑިޑޭޓުންގެ ނަންތައް ހާމަކޮށް، އެ ކެންޑިޑޭޓުން ޖޫރިމަނާ ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން ބައެއް ކެންޑިޑޭޓުންގެ މާލީ ބަޔާން ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ފުރިހަމަ ނުވާ ކަމަށެވެ. އެހެންކަމުން ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން އެ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓުންނަށް ފިޔަވަޅު އެޅުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
މާލީ ބަޔާން ފުރިހަމަ ނުވެގެން ޖޫރިމަނާކުރި ކެންޑިޑޭޓުން:
- އުމަރު ނަސީރު
- ފާރިސް މައުމޫން
- ހަސަން ޒަމީލް
- އިލްޔާސް ލަބީބް
- މުހައްމަދު ނާޒިމް
އިލެކްޝަންސް ކޮމިޝަނުން މި މިބޭފުޅުން ޖޫރިމަނާ ކޮށްފައި ވަނީ 20،000 ރުފިޔާ އަށެވެ. އަދި މި ބޭފުޅުންގެ އިންތިހާބީ ރަސްމީ އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުން 6،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި