އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުން މަޖިލިސް އިންތިހާބުގައި ލ. ފޮނަދޫ ދާއިރާ އަށް ވާދަކުރުމަށް ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް، އަދި ވެރިިކަން ކުރާ މައިޕާޓީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (އަދުރޭ) ނިންމަވައިފިއެވެ.
އެކްސްގައި އަދުރޭ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އަދުރޭ ވަނީ ދާއިރާގެ ރައްޔިތުންގެ ފުރިހަމަ ތައީދު އޭނާއަށް ދެއްވުމަށް ދަންނަވައިފައެވެ.
އަދުރޭ އަކީ 17ވަނަ ރައްޔިތުން މަޖިލީހުގައި ވެސް އަދި 18ވަނަ ރައްޔިތުން މަޖިލީހުގައި ވެސް ފޮނަދޫ ދާއިރާގެ ގޮނޑި ފުރުއްވި ބޭފުޅެކެވެ.
މިހާރު ހިނގަމުން އަންނަ 19ވަނަ ރައްޔިތުން މަޖިލީހަށް ވެސް އަދުރޭ ވާދަކުރެއްވިއެވެ. ނަމަވެސް އަދުރޭ އަށް އެފަހަރު ގޮނޑި ގެއްލުނީ މިހާރު އެ ދާއިރާ ތަމްސީލް ކުރައްވާ މޫސާ ސިރާޖާ ވާދަކުރައްވައިގެން 44 ވޯޓުގެ ތަފާތުންނެވެ. ސިރާޖު އެ ދާއިރާ އަށް ހޮވިވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައެވެ.
ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ސިރާޖު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ