ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދު ދޫކޮށްލީ މައްސަލަ ލަސްވާތީ ކަމަށްވާނަމަ ބަންދުގައި ތިބި އެންމެން ދޫކުރަން ޖެހޭނެ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ދެހާސް އެކާވީހުގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އޭގެ ތެރެއިން ލަމްހާ ޝަރުތުތަކާ އެކު ދޫކޮށްލަން ކްރިމިނަލް ކޯޓުން އެންގީ މިދިޔަ މަހު އެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ގިނަ އަދަދެއްގެ ހެކިން ތިބުމާއި ކޯޓުގެ އިމާރާތުގެ ދަތިކަން ހުރިގޮތުން މައްސަލަ ލަސްވާ ކަމަށް ކޯޓުން ބުނާއިރު އެއީ ބަންދުން ދޫކުރަންޖެހޭ ހާލަތެއް ނޫން ކަމަށެވެ. އެގޮތަށް ދޫކުރާނަމަ އެންމެން ބަންދުން ދޫކުރަން ޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި ޝަރުތުތަކާ އެކު ތިން މަހަށް ލަމްހާ ދޫކޮށްލަން ނިންމިއިރު، އެއީ ކޮން ގޮތަކުން ކަނޑައެޅި މުއްދަތެއް ކަމެއް ނޭނގެ އެވެ. ދައުލަތުން އެދުނީ ލަމްހާ ދޫކޮށްލަން ނިންމި ނިންމުން ބާތިލްކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް އަމުރުކޮށް ދިނުމަށެވެ.
ލަމްހާގެ ވަކީލުން ވިދާޅުވީ މައްސަލަ ނުނިިމި ލަސްވުމަކީ އޭގެ ޒާތުގައި ބަންދުން ދޫކުރެވޭނެ ކަމަކަށް ނުވިނަމަވެސް އެކަމަށް ރިއާޔަތް ކުރެވިދާނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އަދި ލަމްހާއަކީ މުޖްތަމައަށް ނުރައްކަލެއް ކަމަށް ދައުލަތުން ބުނެފައި ވީ ނަމަވެސް އެ ފުރުސަތު ކުޑަކުރަން ދަށު ކޯޓުން ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
ދައުލަތުން ބުނިގޮތުގައި އެ މައްސަލަ ލަސްވެފައިވާ ކަމަކަށް ގަބޫލެއް ނުކުރެ އެވެ.
ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން ވިދާޅުވި އެވެ. ހުކުމް އިއްވާނެ ދުވަހެއް ބެންޗުން އިއުލާނެއް ނުކުރައްވަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ