ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ.)ގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސްއާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ކުރިޔަށްގެންދިޔަ އެ ބައްދަލުކުރެއްވުމުގައި ނާއިބު ރައީސް ވަނީ، ޑަބްލިޔު.އެޗް.އޯ.ގެ ފަރާތުން އަބަދުވެސް ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރި ކަމަށާއި އެއްބާރުލުމަށްޓަކައި އެ ޖަމިއްޔާ އަށް ޝުކުރު އަދާ ކުރައްވާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭ މުހިންމު ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ސިއްހީ ދާއިރާއިން ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖެއިން ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ނަމަވެސް، އަދިވެސް އެ ދާއިރާއިން އިތުރަށް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ކުރިޔަށްމިދާ ފަސް އަހަރުގެ ދައުރަކީ އެފަދަ އެންމެހާ ގޮންޖެހުންތައް ގިރާކުރުމާއެކު ފެންވަރު ރަނގަޅު، އިތުބާރު ހިފޭ ސިއްހީ ހިދުމަތުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ފަސް އަހަރު ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޑަބްލިޔު.އެޗް.އޯ.ގެ ޑިރެކްޓަރު ޖެނެރަލް ވަނީ ސިއްހީ ފަރުވާ ހަރުދަނާ ކުރުމަށާއި ބައިނަލްއަގުވާމީ ފެންވަރުގައި ސިއްހީ ފަރުވާގެ އަމާޒުތައް ހާސިލުކުރުމަށް އެކުގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ދިވެހިރާއްޖެއާ ގުޅިގެން މަސައްކަތް ކުރަން ފަށާފައިވަނީ 1950ގެ އަހަރުތަކުގައެވެ. އަދި އެ ޖަމިއްޔާގެ އޮފީހެއް ރާއްޖޭގައި ގާއިމުކޮށްފައިވަނީ 1965 ގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ