މާލީ އެޑްވައިޒަރުންގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ދެ މަގާމަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ މުސްތަރީގެ، ކ. މާފުށި / އަހްމަދު ނަސީރާއި، ދަފްތަރު ނަންބަރު ރސ 99031 / އަހްމަދު މުނައްވަރު ކަމަށެވެ. އެ ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ރައީސް އޮފީހުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
މި ދެ ބޭފުޅުން ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރު ފެންވަރުގައެވެ. ރައީސް އޮފީހުން ބުނީ އެ ދެ ބޭފުޅުންގެ މަސްއޫލިއްޔަތަކީ ވަޒީރުންނަށް ބޭނުންވާ މާލީ އިރުޝާދު ދިނުން ކަމަށެވެ.
ރައީސް މުއިއްޒު މި ދެ ބޭފުޅުން އައްޔަން ކުރެއްވިއިރު ނަސީރަކީ މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި މުނައްވަރަކީ ޕީޕީއެމްގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުގެ މަގާމު ފުރުއްވާފައި ބޭފުޅެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ