ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ ކަންކަމުން ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިރޭ އާއްމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި އެމަނިކުފާނު ވާދަ ނުކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ވަނީ މަޖިލީހުގައި މިހާރު ތަމްސީލު ކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.
ސިޔާސީ ކަންކަމުގައި މަސައްކަތް ކުރެއްވީ ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމެއް ފައްކާ ކުރުމަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ބަޔާނުގައި ވިދާޅުވީ އެމަނިކުފާނު ސިޔާސީ މަސައްކަތުގައި މަސައްކަތް ކުރެއްވީ އިސްލާމީ މަތިވެރި އުސޫލުތައް ހިފަހައްޓައި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރާ އަދި ރައްޔިތުންނަށް ދުލާއި ގަލަމުން މިނިވަންކަން ކަށަވަރު ކުރެވިފައިވާ ތަނަކަށް ރާއްޖެ ހެދުމަށް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިކަންކަން މިހާރު ވަނީ ކުރިއަށްވުރެ މާބޮޑަށް އަށަގެންފައެވެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ބަޔާނުގަައި ސިޔާސީ ކަންކަމުގެ ތެރެއިން ހިތާމައާ އަނިޔާވެެރިކަން އިންތިހާ އަށް ލިބިވަޑައިގެންނެވިކަން ފާހަގަކުރެއްވިއެވެ. ސިޔާސީ ކަންކަމުގައި އެތައް ފަހަރަކު ޖަލުގެ އަނިޔާ ތަހައްމަލުކޮށް ބަންދުގެ އަނިޔާވެސް ތަހައްމަލު ކުރަން ޖެހުނު ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އާއިލާއާ ދުރުގައި އުޅެންޖެހި މުޅި ޒާތީ ހަޔާތް ބަރުބާދުވެފައެވެ،" ރައީސް ނަޝީދުގެ ބަޔާނުގައި ވިދާޅުވިއެވެ.
އެހެންނަމަވެސް ސިޔާސީ މަސައްކަތުގައި އެތައް ހިތްހަމަ ޖެހުންތަކެއް ލިބުނު ކަމަށާއި އެގޮތުން އެމަނިކުފާނުގެ ބޮލުގައި އެޅުނު ކޮންމެ މަޅިއެއް މާފައްޗަކަށް ބަދަލުވިކަން ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ރައީސްކަމާއި ރައްޔިތުން މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން ވީ މިންވަރަކުން ރައްޔިތުންނަަށް ހިދުމަތް ކުރައްވާފައިވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމާއި ވެރިންގެ ހިޔާނާތްތެރިކަމުން ރާއްޖެ މިންޖުކުރުމަށް ކުރި އުއްމީދު އަދި ހަގީގަތަކަށް ބަދަލުނުވާ ކަމުގެ ބޮޑު ހިތާމަ އެބަ އޮތް ކަމަށާއި އުއްމީދަކީ ދިވެހި ސަރުކާރާއި ވެރިން ޖަވާބުދާރީކުރުވުމުގެ މަސައްކަތް އަންނާން އޮތް ޖީލުތަކުގެ މީސްތަކުން ކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ