ފަސްޓް ލޭޑީއަށް ވުމުގެ ކުރިން ސާޖިދާ މުހައްމަދު ސިވިލް ސާވިސްގައި އަދާ ކުރައްވަމުން ގެންދެވި ވަޒީފާ އަދާ ކުރެވޭނެ ގޮތެއް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އާއެކު ހަދާފައިވާ ކޮންޓްރެކްޓު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބު މިއަދުގެ މަޖިލިސް ޖަލްސާ އަށް ހުށަހެޅުއްވި އެ މައްސަލާގައި ވިދާޅުވެފައި ވަނީ އެ ކޮންޓްރެކްޓަކީ ގާނޫނާ ހިލާފަށް ހަދާފައިވާ ކޮންޓްރެކްޓެއް ކަމަށެވެ. އަދި އެ ކޮންޓްރެކްޓުގެ ސަބަބުން އެތައް ހާއްސަ ސިވިލް ސާވިސް މުވައްޒަފުންގެ ހައްގުތައް ގެއްލިގެންދާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެކަމަނާގެ މަގާމުގެ ނުފޫޒު [ފަސްޓް ލޭޑީގެ މަގާމު] ބޭނުން ކުރައްވައިގެން ގާނޫނާއި ގަވާއިދާ ހިލާފަށް ހަތަރު އަހަރުގެ ނޯޕޭ ލީވް ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީގައި ހުންނަވާ ގޮތަށް ނިންމަވާފައި ނިންމެވުމާއި ގުޅިގެން 28،000 އަށްވުރެ ގިނަ ބައެއްގެ މައްޗަށް އެކުލެވިގެންވާ ސިވިލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން އެކި ގޮތް ގޮތަށް ކަންބޮޑުވުންފާޅުކުރާ މައްސަލައަކަށްވީ ހިނދު.....،" ޔައުގޫބު ވިދާޅުވިއެވެ.
ޔައުގޫބު ހުށަހެޅުއްވި އެ މައްސަލަ މަޖިލީހަށް ބަލައިގަތުމާއި ގުޅޭ ގޮތުން ވޯޓަށް އެހުމުން 21 މެންބަރުން ވަނީ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވައިފައެވެ.
އިއްޔެ އެ މައްސަލާގައި މަޖިލީހަށް ސީއެސްސީ ވެސް ހާޒިރުކުރިއެވެ. ސީއެސްސީން ބުނީ ސާޖިދާ އަށް ހަދާފައި ވަނީ ވަކި ހާއްސަ އުސޫލެއް ނޫން ކަމަށެވެ. އެހެން ބައެއް ސިވިލް ސާވިސް މުވައްޒަފުންނަށް ވެސް އެ ފުރުސަތު ދީފައިވާކަން ފާހަގަކުރިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ