އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް މެންބަރުން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރުމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބަލައިނުގަތް ކަމަށް ހިސާން ވިދާޅުވެއްޖެއެވެ.
ހިސާން ވަނީ އެކްސްގައި އޭނާ ހުށަހެޅުއްވި އިސްލާހާއެކު އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ޕޯސްޓެއް ކުރައްވާފައެވެ. ވިދާޅުވީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް އޭނާ ހުށަހެޅި ހުށަހެޅުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބަލައިނުގަތް ކަމަށެވެ.
ހިސާން ވަނީ 2009ވަނަ އަހަރު މުސާރަ އަށް ބަދަލު އައި ފަހުން ޝަރުއީ ދާއިރާގެ އެއްވެސް މުވައްޒަފަކަށް ބަދަލު އައިސްފައި ނުވާކަން ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ ޕާޓީގެ ވިޕްލައިނަށް އިހްތިރާމު ކުރުމުގެ ގޮތުން އިސްލާހު އަނބުރާ ގެންދަވާނެ ކަމަށެވެ.
ހިސާން ވަނީ ފަނޑިޔާރުން ފިޔަވާ އަންނަ އަހަރުގެ ބަޖެޓުގައި ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބަޖެޓަށް 49 މިލިއަން ރުފިޔާ އިތުރު ކުރުމަށް ހުށަހަޅައިފައެވެ. އަދި ޖޭއެސްސީގެ އިދާރީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް 980،000 ރުފިޔާ އިތުރު ކުރުމަށް ހުށަހަޅާފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
އެމް.ޑީ.ޕީއަށް ދޭނެ ވޯޓެއް ދެންނެތް
މުވައްޒަފެއް