ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށްވުރެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މަގާމުތައް އިތުރުވުމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) ފާޑު ވިދާޅުވެއްޖެއެވެ.
އެކްސްގައި އިބްރޭ ކުރެއްވި ޕޯސްޓެއްގައި ރޭ ވިދާޅުވެފައި ވަނީ ރައީސް އިބޫގެ ވެރިކަމުގެ ފަސް އަހަރު ދުވަހު މިނިސްޓަރު ފެންވަރުގައި ތިއްބެވީ ހަތް ބޭފުޅުން ކަމަށެވެ. އެހެންނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރަކީ މަތިބަރު ސަރުކާރަކަށް ނުވާނެ ކަމަށް ވިދާޅުވިއިރު އެމަނިކުފާނުގެ ވެރިކަމަށް 26 ދުވަސްވީއިރު މިނިސްޓަރު ފެންވަރުގައި 21 ބޭފުޅުން ތިއްބެވި ކަމަށް އިބްރޭ ވިދާޅުވިއެވެ.
ރައީސް އިބޫގެ ވެރިކަމުގައި އިބްރޭ ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފައެވެ.
ޓްރާންސިޝަން މަރުހަލާގައި އޭރުގެ އިންތިހާބީ އޮފީހުން ވަނީ ރައީސް އިއްޒުގެ ވެރިކަމެއްގައި ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރު ނުކުރާނެ ކަމަށް ބުނެފައެވެ. އެ އަދަދަށް ނިންމާފައި ވަނީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭހެންނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސިޔާސީ މަގާމުތަކުގެ އަދަދަކީ 1،063 އެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ މަގާމުތަކުގެ އަދަދަކީ 808 އެވެ. އެހެންކަމުން އިންތިހާބީ ރައީސް މުއިއްޒުގެ ސަރުކާރެއްގައި ސިޔާސީ މަގާމުތަކަށް ކަނޑައަޅާފައި މިވާ އަދަދަކީ ރައީސް ސޯލިހާއި ރައީސް ޔާމީންގެ ވެރިކަމަށްވުރެ މަދު އަދަދެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ