އަންނަ އަހަރު ދައުލަތުގެ ބަޖެޓު ހަ ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2024 ވަނައަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރި ދުވަހާ ހަމަޔަށް 10،000 މެންބަރުން ހަމަ ވަނީ 6 ސިޔާސީ ޕާޓީއެއްގައި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އިދިކޮޅު އެމްޑީޕީ އާއި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއެވެ. ދެން ހިމެނޭ ޕާޓީތަކަކީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭ އަދި ކޮންގްރެސް ޕާޓީ (ޕީއެންސީ) އެވެ.
ޕީއެންސީ އަކީ ސަރުކާރު ހިންގާ މައިޕާޓީއެވެ. ސަރުކާރަށް އައުމަށްފަހު އެޕާޓީން ވަނީ 10،000 މެންބަރުން ހަމަ ކުރުމުގެ ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ. އެޕާޓީގެ ރައީސް އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އެޕާޓީގެ އަމާޒަކީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ނެގުމެވެ. އެޕާޓީން އަންނަ ޖެނުއަރީ މަހުގެ ތެރޭގައި މަޖިލީހުގެ ޕްރައިމަރީ ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ