ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލް ކުރުމާއި ގުޅޭ މާއްދާތަކަށް ގިނަ އިސްލާހުތަކެއް އާއްމު ކޮމެޓީން ގެނެސްފިއެވެ.
މަޖިލިސް ގަވާއިދަށް އާއްމު ކޮމެޓީން ގެނެސްފައިވާ އިސްލާހުގައި މިހާރުވާ ގޮތުންމަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ވެސް ރައީސާއި ނާއިބު ރައީސް އަޒުލް ކުރެވިދާނެއެވެ. އެ އިސްލާހު ހުށަހެޅީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއެވެ.
ޝިފާއު އެ އިސްލާހު ހުށަހެޅީ އައު ސަރުކާރާއެކު މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން އިސްތިއުފާ ދެއްވާ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ. އައު ސަރުކާރާއެކު މަޖިލީހުގެ ހަތް މެންބަރަކު ވަނީ ސަރުކާރުގެ އެކި މަގާމުތަކަށް ވަޑައިގަތުމަށް މަގާމުން އިސްތިއުފާ ދެއްވަވައިފައެވެ.
އެހެންކަމުން މަޖިލީހުގެ ގާނޫނީ އަދަދަކީ 80 މެންބަރުންގެ ގޮތުގައި ކަނޑައެޅުމަށް ޝިފާއު ވަނީ ހުށަހަޅައިފައެވެ. އެހެންކަމުން އާއްމު ކޮމެޓީގެ އެ ރިޕޯޓު ފާސްވެއްޖެ ނަމަ މިހާރު ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް ރައީސާއި ނާއިބު ރައީސް އަޒުލް ކުރެވިދާނެއެވެ.
މީގެއިތުރުން ރައީސާއި ނާއިބު ރައީސް ވަކި ކުރުމުގެ ގަރާރެއް މަޖިލީހަށް ލިބިއްޖެ ނަމަ އެ ގަރާރު ލިބޭތާ ދެ ދުވަސްތެރޭގައި ނޯޓިސް ފޮނުވަން ޖެހެއެވެ. އަދި ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބާއްވަން ގަވާއިދަށް އިސްލާހު ގެނެސްފައިވާއިރު އެފަދަ މައްސަލައެއްގެ ބަހުސްގެ ވަގުތަކީ ތިން ގަޑިއިރު ކަމަށްވެސް ކަނޑައަޅާފައިވެއެވެ.
ރައީސް ނުވަތަ ނައިބު ރައީސް އަށް ދިފާއުގައި ވާހަކަ ދައްކަވަން ލިބިވަޑައިގަންނަވާނީ 30 މިނެޓު ކަމަށާއި ތުހުމަތަށް ދިފާއުވުމަށް ގިނަވެގެން ތިން ވަކީލުން ގެންދެވޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ. އަދި އެ ގަރާރާއި މެދު މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ފަހު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ މައްސަލަ ފޮނުވަން ޖެހޭނީ ކޮމިޓީއަށް ކަމަށާއި އެ ކޮމިޓީގެ މެންބަރުންގެ އަދަދަކީ ހަތް މެންބަރުން ކަމަށްވެސް މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ