މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ތަރުތީބު ކޮށްފިއެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުން މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ބާއްވައިފައެވެ. މާލޭގެ މޭޔަރު ކަމުގެ މަގާމަށް ފަސް ބޭފުޅަކު ވަނީ ވާދަ ކުރައްވާފައެވެ. މީގެތެރޭގައި އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ބޭފުޅުންނާއި ތިން ޕާޓީއަކުން ވާދަކުރައްވާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުން:
- ކެންޑިޑޭޓު ނަންބަރު 1: ޝުއައިބު އަލީ (އަމިއްލަ ގޮތުން)
- ކެންޑިޑޭޓް ނަމްބަރު 2: ހުސައިން ވަހީދު (އަމިއްލަ ގޮތުން)
- ކެންޑިޑޭޓް ނަމްބަރު 3: އާއިޝަތު އާޒިމާ ޝަކޫރު (ޕީއެންސީ)
- ކެންޑިޑޭޓް ނަމްބަރު 4: އާދަމް އާޒިމް (އެމްޑީޕީ)
- ކެންޑިޑޭޓް ނަމްބަރު 5: ސައިފް ފާތިހު (ޑިމޮކްރެޓްސް)
މާލޭގެ މޭޔަރު ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތުމުންނެވެ. އެމަނިކުފާނު އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މާލޭގެ މޭޔަރު ކަމުގެ އިންތިހާބާއި މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ އެހެން ގޮނޑިތަކުގެ އިންތިހާބު އަންނަ މަހުގެ 13ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ