އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓްގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ޕާޓީން އިއްޔެ ބުނީ އަންނަ އަހަރު މެމްބަރުން އިންތިހާބުކުރާ 93 ދާއިރާ އަށް ވާދަކުރާނމެ ކަމަށެވެ. އެހެންވެ ޖޭޕީގެ ޓިކެޓްގައި ދާއިރާތަކަށް ވާދަކުރަން ބޭނުންވާ މީހުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުހެ 26 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ޖުމްހޫރީ ޕާޓީން ބުނީ ކެންޑިޑެންސީ ކަށަވަރު ވާނީ އިންތިހާބުގައި ވާދަ ކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުގެ ސައްހަކަމާއި ގާބިލުކަން ބެލުމަށް ފަހު، ޕާޓީގެ ކައުންސިލުން ނުވަތަ އެކަަމަށްޓަކައި ކަނޑައަޅާ ކޮމިޓީއަކުން ބެލުމަށް ފަހު ކަމަށެވެ.
މަޖިލިސް އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރަން ހުޅުވާލިއިރު މައި ދެ ޕާޓީން ވަނީ މަޖިލިސް އިންތިހާބުގެ ޕްރައިމަރީ އަށް ހުޅުވާލައިފައެވެ. އެގޮތުން އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީން ވަނީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެ ޕާޓީތަކުން ބާއްވާ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލައިފައެވެ. ދެޕާޓީގެ ޕްރައިމަރީ ވެސް އޮންނާނީ އަންނަ މަހުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ