ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެ ގެނައުން މަނާ ކޮށްފައި އޮތް ނިންމުން ބަދަލުކޮށް، އެގައުމުގެ މަސައްކަތްތެރިން އަލުން ރާއްޖެ ގެނެވޭ ގޮތަށް ހަދައިފިއެވެ.
މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން ނެރެފައިވާ އިއުލާނެއްގައި މިއަދު ބުނީ 2023 ޑިސެމްބަރު 17ވަނަ ދުވަހުން ފެށިގެން ބަންގްލަދޭޝް އިން ދިވެހިރާއްޖެ އަށް އަންސްކިލްޑް ލޭބަރުން ގެނެވޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފައިވާ ކަމަށެވެ.
ހަމައެޔާއެކު އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލެވިފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. ނަމަވެސް މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑްކުރެވިފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސް ކޮށްދޭނެ ކަމަށް ވެސް ހޯމް ލޭންޑް ސެކިއުރިޓީގެ އިއުލާނުގައިވެއެވެ.
ބަންގްލަދޭޝް ލޭބަރުން ގެނައުން މަނާކުރީ 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ކޮންމެ ގައުމަކުން ވެސް ރާއްޖެ ގެނެވޭނީ ތަމްރީނު ލިބިފައި ނުވާ 150،000 މަސައްކަތްތެރީން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އޭރު އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންނާއެކު އެ އަދަދު ހަމަވެފައިވާ ކަމަށެވެ.
ފައްޔާޒު މީގެކުރިން ވަނީ އެ ނިންމުމުގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރެއް ކުރާނަމަ ހަ މަސް ފަހުން ނިންމުން މުރާޖައާ ކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި