މާލެ ސިޓީގެ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އާދަމް އާޒިމްގެ ކެމްޕެއިނާ ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ގުޅިވަޑައިގެންފިއެވެ.
ފައިސަލް ނަސީމަކީ ނިމިދިޔަ ވެރިކަމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނާއިބު ރައީސެވެ. ރާއްޖޭގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ފައިސަލް އަކީ ރާއްޖޭގައި ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ފުރިހަމަކުރެއްވި ފުރަތަމަ ނާއިބު ރައީސް ވެސްމެއެވެ.
މިއީ ރިޔާސީ އިންތިހާބަށްފަހު ސިޔާސީ މިފަދަ ހަފްލާއަކުން ކުރީގެ ނާއިބު ރައީސް ފައިސަލް ފެނިވަޑައިގެންނެވި ފުރަތަމަ ހަފްލާއެވެ. ހުޅުމާލޭގައި މިރޭ އޮތް މި ހަފްލާގައި އެމަނިކުފާނު ވަނީ ވާހަކަފުޅުވެސް ދައްކަވާފައެވެ.
ފައިސަލް ވަނީ ކެންޑިޑޭޓު އާޒިމަށް ތާއީދު ކުރައްވާ ސަބަބުތައް ހާމަ ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އާޒިމް އަކީ އެ މަގާމަށް އެންމެ ގާބިލް ބޭފުޅާ ކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މާލޭގެ މޭޔަރު ކަމުގެ އިންތިހާބާއި މާލެ ސިޓީ ކައުންސިލްގެ ހުސްވެފައިވާ އެހެން ގޮނޑިތަކުގެ އިންތިހާބު އަންނަ މަހުގެ 13ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމައިފައެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް