ނޭޝަނަލް އިންސްޓިޓިއުޓް އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔަތީ ރާޖް އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ދެމެދު ސޮއިކޮށްފައިވާ އެމް.އޯ.ޔޫގެ ދަށުން އިތުރު ބެޗެއް ތަމްރީނު ދަތުރެއްގައި އިންޑިއާއަށް ފުރައިފިއެވެ.
މި ދަތުރުގައި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 30 މެންބަރުންނާއި އެލްޖީއޭގެ އޮފިޝަލުން ހިމެނެއެވެ.
މި އެމްއޯޔޫގެ މަޤްޞަދަކީ ލޯކަލް ގަވަރނަންސް އިންސްޓިޓިއުޝަންތަކުގެ މަންދޫބުންނާއި އެލްޖީއޭގެ އޮފިޝަލުންގެ ޤާބިލުކަން އިތުރުކުރުމެވެ. އެގޮތުން ފުރަތަމަ ބެޗްގައި 20 އަތޮޅު ކައުންސިލްތަކުގެ މަންދޫބުންނާއި އެލްޖީއޭގެ އޮފިޝަލުން ހިމެނޭހެންވަނީ ހައިދަރުއާބާދުގެ އެން.އައި.އާރް.ޑީ.ޕީ.އާރްއަށް 19-31 ޑިސެމްބަރު 2022 ގައި ދަތުރުކޮށްފައިވެއެވެ. އަދި ދެވަނަ ބެޗްގައި 23 އަތޮޅު ކައުންސިލްތަކުގެ މަންދޫބުންނާއި އެލްޖީއޭގެ އޮފިޝަލުން ހިމެނޭހެންވަނީ ހައިދަރުއާބާދުގެ އެން.އައި.އާރް.ޑީ.ޕީ.އާރްއަށް 6-17 މަރޗް 2023ގައި ދަތުރުކޮށްފައިވެއެވެ.
ރަސްމިއްޔާތުގައި އިންޑިއަން ހައިކޮމިޝަންގެ ޗާޖް ޑެ އެފެއަރޒް މަޔަންކް ސިންގ ދެއްކެވި ވާހަކަފުޅުގައި، ޤާބިލުކަން އިތުރުކުރުމުގެ ދާއިރާއިން އިންޑިއާއި ރާއްޖޭގެ ގުޅުން ފުޅާވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ދާއިރާއިން އިންޑިޔާގެ ތަޖުރިބާއިން ބެސްޓް ޕްރެކްޓިސްތައް ދަސްކުރުމަށާއި ، ރާއްޖޭގައި ޕްރެކްޓިސްކުރާ މި ދާއިރާއިން އެންމެ ރަނގަޅު ގޮތްތަކާއި ތަޖުރިބާ ޙިއްޞާކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނީ އެގައުމާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ގިނަގުނަ ބައިތަކެއްގެ މައްޗައް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. ތަމްރީނާއި ޤާބިލްކަން އިތުރުކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަކީ މި ގުޅުމުގެ މައިގަނޑު ތަނބު ކަމަށްވެސް ބުންޏެވެ.
ވޭތުވެދިޔަ 5 އަހަރު ތެރޭގައި 3000 އަށްވުރެ ގިނަ ދިވެހިން ވަނީ އިންޑިއާއަށް ޒިޔާރަތްކޮށް ތަފާތު އިން ޕަރސަން ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިއެވެ. އޮންލައިންކޮށް ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި 1700 އަށް ވުރެ ގިނަ ދިވެހިން ވަނީ ބައިވެރިވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ