މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު (ސަންޓްރެވަލް ސިޔާމް) ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގައި ކަމަށެވެ. ބައްދަލުވުމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ސިޔާމް ރައީސް މުއިއްޒާ ބައްދަލުކުރެއްވިއިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ސިޔާމް ތާއީދު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ. ނަމަވެސް ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ވޯޓަށްވުރެ މިހާރުގެ ރައީސް މުއިއްޒަށް ލިބިވަޑައިގެންނެވި ވޯޓު ގިނައެވެ. އެހެންކަމުން ސިޔާމްގެ ޕާޓީ އެމްޑީއޭ އިން ވަނީ ރައީސް ސޯލިހަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވާފައެވެ. އަދި ރައީސް މުއިއްޒަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރައްވަން އެމްޑީއޭ އިން ނިންމިއެވެ.
އެހެންނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ރައީސް ސޯލިހާއެކު ކެމްޕެއިން ދަތުރުގައި ސިޔާމް ބައިވެރިވެވަޑައިގެންނެވި ފަދައިން ދެވަނަ ބުރުގައި ރައީސް މުއިއްޒާއެކު އެއްވެސް ދަތުރެއްގައި ސިޔާމް ވެސް އަދި އޭނާގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް އިސް ބޭފުޅަކު ނުފެނެއެވެ.
ރައީސް މުއިއްޒާ ސިޔާމް ބައްދަލުކުރެއްވިއިރު ކުރިޔަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ބާއްވާ ޕްރައިމަރީގައި އެމްޑީއޭގެ ފަރާތުން ވެސް ވާދަކުރުމަށް ވަނީ ނިންމައިފައެވެ. އެ ޕްރައިމަރީގައި އެމްޑީއޭގެ އިތުރުން އެމްއެންޕީން ވެސް ބައިވެރިވާނެއެވެ.
ވިޔަފާރިވެރިޔާ ސިޔާމް ރައީސް މުއިއްޒާ މިއަދު ބައްދަލުކުރެއްވިއިރު ރައީސް މުއިއްޒާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަނީ ބައްދަލުކުރައްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ