ގާނޫނުގައި ބަޔާން ކޮށްފައިވާ މަސްތުވާތަކެތީގައި ނުހިމެނޭ އިތުރު 8 ބާވަތެއް ރާއްޖެ އެތެރެކޮށް ވިއްކާތީ ގާނޫނީ މިންގަނޑުގެ ތެރެއިން އެކަން ކުރުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑްރަގު އެންފޯސްމަންޓް ޑިޕާޓުމަންޓުގެ ހެޑް ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރު ވިދާޅުވީ މަސްތުވާތަކެތީގެ ގޮތުގައި ފުލުހުން ބަލަމުން ދަނީ ގާނޫނުގައި ބަޔާން ކޮށްފައިވާ މަސްތުވާތަކެތި ކަމަށެވެ.
އެހެންނަމަވެސް ތަފާތު 8 ބާވަތެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް މިހާރު ވިއްކަމުން އަންނަ ކަމަށް ޝާކިރު ފާހަގަކުރެއްވިއެވެ. އަދި އެ މަސްތުވާތަކެއްޗަކީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި ބަޔާން ކޮށްފައި ނުވާ ބާވަތްތަކަކަށް ވާތީ ނޫނީ މިންގަނޑުގެ ތެރެއިން އެކަން ކުރުމަށް ގޮންޖެހުންތަކެއް ހުންނަ ކަމަށް ޝާކިރު ވިދާޅުވިއެވެ.
"މިކަންކަން ކުރާ ފަރާތްތަކުން ވަރަށް ރަނގަޅަށް ދިރާސާ ކޮށްގެން މިކަންކަން ކުރަނީ. އަޅުގަނޑުމެން މި ދަންނަވާ ބާވަތްތަކަކީ ޔޫއެންއޯޑީސީގެ ގައިޑްލައިންތަކުގައާ އަދި ބެސްޓް ޕްރެކްޓިސްގައި ވެސް މަސްތުވާތަކެތި ކަމަށް ހުރިހާ ހާލަތްތަކުގައިވެސް ބަލާ މަސްތުވާތަކެތީގެ ބާވަތްތައް،" ޝާކިރު ވިދާޅުވިއެވެ.
މީގެއިތުރުން ވެސް މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގައި ގާނޫނީ އިތުރު ހުރަސްތައް އެބަހުރި ކަމަށާއި އެކަންކަން އިސްލާހު ކުރުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް 2021ވަނަ އަހަރުން ފެށިގެން ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރަމުން އަންނަ ޝާކިރު ވިދާޅުވިއެވެ.
ޝާކިރުގެ ވާހަކަފުޅުގައި ވަނީ ކަސްޓަމްސް ކްލިއަރެންސްގައި މަސައްކަތް ކުރާ ބައެއް ކުންފުނިތައް ނުވަތަ އެޖެންސީތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުން އަންނަކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އޭނާ ވަނީ އެފަދަ ހުރިހާ އެޖެންސީތަކުން ވެސް ކްލިއަރެންސް ހެދުމުގައި އިތުރު ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވައިފައެވެ.
"ކޮންމެ މީހެއްގެ މުދާ ކްލިއާ ކޮށްދިން ކަމަށްވިއަސް އެ ކްލިއާ ކުރެވެނީ ކޮން ކަހަލަ މުދަލެއްކަން އެނގުން މުހިއްމު. ހާއްސަ ގޮތެއްގައި އެއާޕޯޓު ޕޯސްޓު ނުވަތަ އެނޫން އާލާތްތަކުން މިއަންނަ ކުރިއާ ސާވިސްތަކުން މިހުންނަ ތަކެތި ކްލިއާ ކުރުމުގައި އެ ހިދުމަތް ދޭ ފަރާތްތަކުން ހަމަ ސަމާލުވުން މުހިއްމު،" ޝާކިރު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ