ދާދިފަހުން އައްޑޫ ސިޓީގައި ހިނގި ސިލްސިލާ މާރާމާރީތަކާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ދެ މީހަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މައާފު ދިން ދެ މީހަކު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ހޯމް ލޭންޑް އިން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ހިސާބާއި ހަމައަށް، 434 ގައިދީން މުޖުތަމައުގެ ތެރެއަށް ދޫކުރެވިފައިވާ ކަމަށެވެ. އެގޮތަށް ދޫކުރެވޭ ކޮންމެ ދޫކުރުމަކީ އެކަމުގެ ސަބަބުން މުޖުތަމައު އަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމެއް ކަމަށް އިހުސާން ވިދާޅުވިއެވެ.
އެގޮތުން މިނިސްޓަރު ވަނީ ބައެއް ކަހަލަ މީހުން ދޫކުރާ ދުވަސްވަރު ކުށުގެ ރޭޓު މަތިވެފައި އެބަހުރި ކަމަށެވެ. އޭގެތެރޭގައި ވަކި ކުށެއް މިނިސްޓަރު ފާހަގައެއް ނުކުރައްވައެވެ.
"އައްޑޫ ސިޓީގައި މި ދޭތެރޭގައި މި ހިނގާދިޔަ މާރާމާރީގައި އަޅުގަނޑުމެންނަށް ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި މި ދެންނެވި 434 މީހުންގެ ތެރެއިން ދޫކޮށްލާފައި ދެ މީހަކު ހުރިކަން ވެސް އަޅުގަނޑު ފާހަގަކުރަން،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޖަލުތަކުގައި ބަންދު ކުރެވިފައިވާ ގައިދީން ގޭ ބަންދަށް ނުވަތަ ޕެރޯލްގެ ދަށުން ދޫކުރާ ދޫކުރުން އިތުރަށް ފުރިހަމަ ކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ